ދެ ބުރިއަށް އިމާރާތްކުރެވެމުންދާ އާސަހަރާ މިސްކިތުގެ ގިނަ ބައިތަކެއް މިހާރު ވަނީ ނިމިފައެވެ. މިއަދު ހުކުރު ނަމާދަށްފަހު ހުޅުވާލެވިފައިވަނީ ފިރިހެނުންނަށް ޚާއްޞަކުރެވިފައިވާ ބައެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް އެކްސް މެެދުވެރިކޮށް ވިދާޅުވެފައިވަނީ، ފުޅާ ދާއިރާއެއްގައި ކުރެވުނު މަރާމާތުތަކަށްފަހު އާސަހަރާ މިސްކިތުގެ ތިރީ ބައި މިހާރު ހުޅުވާލެާލެވިފައިވާ ކަމަށާއި، މަތީ ބައި މި މަސް ނިމުމުގެ ކުރިން ހުޅުވާލެވޭނެ ކަމަށެވެ.