ކައިވެނީގެ ގުޅުމަކީ ދެމަފިރިންގެ މެދުގައި އޮންނަ އެންމެ މުހިންމު އަދި މަތިވެރި ގުޅުމެވެ. މި ގުޅުމުގެ ބިންގަލަކީ އިތުބާރާއި، ލޯޯބި، އަދި އަމާނާތްތެރިކަމެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ބޭވަފާތެރިކަމުގެ މައްސަލަތައް އިތުރުވަމުން ދާކަން ފާހަގަކުރެވެއެވެ. ބައިވެރިޔާ ބޭވަފާތެރިވުމަކީ ކައިވެނީގެ ގުޅުމަށް ލިބޭ ވަރަށް ބޮޑު ހަމަލާއެކެވެ. އެހެންކެންކަމުން، މިފަދަ ހާލަތެއްގައި ވަރިވުމަކީ އެކަށީގެންވާ ހައްލެއްތޯ ވިސްނާލުން މުހިންމެވެ.