ނިދުމަކީ އިންސާނުންގެ ދިރިއުޅުމުގައގައި އެންމެ މުހިންމު އެއް ކަމެވެ. ރަނގަޅު ނިދުމަކުން ލިބޭ އަރާމާއި ހަކަތައަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ނަމަވެސް، މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ދިމާވެފައިވާ އެއް މައްސަލައަކީ ނިދުމުގެ ދަތިކަމެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ބަޔަކު ބޭނުންކުރަމުންދަނީ ނިދާ ބޭހެވެ. އެހެންނަމަވެސް، މި ބޭހުގެ ސަބަބުން ލިބޭ އަރާމަށްވުރެ ގެއްލުން މާ ބޮޑުކަން ދިރާސާތަކުން ދައްކައެވެ.