މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން ކުރިމަތިލާންޖެހޭ އެންމެ ނުރައްކާތެރި އަދި ހިތާމަވެރި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ހިމެނެއެވެ. އަޅުގަނޑުމެންނަށް ޤަބޫލުކުރަން އުނދަގޫ ޙަޤީޤަތަކީ، އުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުދިންވެސް އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅޭކަމެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. އަދި މިކަމާމެދު މުޖުތަމަޢުގެ ސަމާލުކަން އިިތުރުކުރަން ޖެހިފައިވެއެވެ.