މިއަދުގެ ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލު އެއް ޗެލެންޖަކީ "ބިޓު ކެޓީ ދޯ!" މި ޗެލެންޖެވެ. މިއީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިފައިވާ ޗެލެންޖެކެވެ. ނަމަވެސް، މި ޗެލެންޖުގައި ބައިވެރިވުމުގެ ކުރިން އަޅުގަނޑުމެން ވިސްނާލަން ޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ.
އެންމެ ފުރަތަމަ ކަމަކީ، މި ޗެލެންޖުގައި ބޭނުންކުރާ ބަހުރުވައަކީ އިސްލާމީ އަދަބުތަކާ ޚިލާފު ބަހުރުވައެއް ކަމުގައި ވުމެވެ. އަޅުގަނޑުމެންގެ ދީނުގައި ހަޑިހުތުރު ބަސްތައް...