ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ދެކެވެމުން އަންނަ ވާހަކައެއް އެެބައޮތް. އެއީ "ލަހުން މީހަކާ އިންނަނަމަ ކަށި ފީވާނެ" މިހެން ކިޔާ ބަހެއް. މި ބަހުގެ ފުންމާނައަށް ވިސްނާލާއިރު، މީގެ ތެރޭގައި އެކުލެވިގެންވަނީ އިޖްތިމާޢީ އަދި ޞިއްޙީ ގޮތުން ވަރަށް މުހިންމު މެސެޖެއްކަން އެނގިގެންދެއެވެ.
އިސްލާމްދީނުގައި ކައިވެނިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ޒުވާން އުމުރުގައި ކައިވެނިކޮށް، ދަރިން ލިބި، އާއިލާ ބިނާކުރުމަކީ އިންސާނުންގެ...