އިންސާނުންގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ގުޅުމަކީ ކައިވެނީގެ ގުޅުމެވެ. ކައިވެންޏަކީ ދެ މީހުންގެ ދެމެދުގައި އުފެދޭ މުޤައްދަސް ގުޅުމެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ގިނަ މީހުން ކައިވެނިކުރުމަށް ފަސްޖެހެއެވެ. އަދި ކައިވެނިކުރި ނަމަވެސް، ގިނަ ފަހަރަށް އެ ގުޅުން ދެމިނުހުންނަ ތަން ފެނެއެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެންކަމުން، މި މަޒުމޫނުގައި އަޅުގަނޑުމެން ބަލައިލާނީ ކައިވެނިކޮށްގެން އުފަލުގައި އުޅެވޭނެ ގޮތްތަކަކީ ކޮބައިތޯއެވެ.